ads
އަޒުލުކުރުމުގެ މައްސަލައިގައި ހެޔޮ ނިޔަތެއް ނެތް
ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ބަލާ ގޮތަށް ބަދަލު ގެންނަން ފާސްކުރީ، ރައީސް މަގާމުން ވަކިކުރުމާއި ގާނޫނުއަސާސީއަށް އިސްލާހެއް ގެންނައިރު ކޯރަމް ހަމަ ކުރަން ފަސޭހައަށް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ބަލާ ގޮތަށް ބަދަލު ގެންނަން ފާސްކުރީ، ރައީސް މަގާމުން ވަކިކުރުމާއި ގާނޫނު އަސާސީއަށް އިސްލާހެއް ގެންނައިރު ކޯރަމް ހަމަ ކުރަން ފަސޭހައަށް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނީ އެ ބަދަލުތަކާ ގުޅިގެން ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށި ހުކުމާ ހަމައަށް މިހާރު ގޮސްފައިވާއިރު އެ މައްސަލަ ކުރިއަށް ގެންދަނީ ދައުވާ ރައްދުވާ ފަރާތެއް ނެތިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ.

މަޖިލީހުން އެ މާއްދާތައް ބާތިލު ކޮށްފައިވީ ނަމަވެސް، އެ މައްސަލައިގައި ބަހުސް ކުރައްވަމުން ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުން ކަނޑައަޅާނެ ގޮތް ބަޔާން ކޮށްފައިވާ 71 އަދި 72 ވަނަ މާއްދާ އާއި އަދި، މަޖިލީހުގެ ގާނޫނީ އަދަދު ކަމަށް ބަޔާން ކޮށްފައިވާ 86 އަދި 87 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ. 

ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި އެވަނީ އެއްވެސް ހާލަތެއްގައި މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ފަދަ ކަންކަން ފަސޭހައިން ނިމިގެން ނުދިއުން ކަމަށެވެ.

މި މައްސަލައިގައި މިއަދު އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުން ވަނީ ބަންޑާރަ ނާއިބާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން  މިހާރު ގަވާއިދަށް އިސްލާހު ގެންނަން ޖެހުނީ ކީއްވެގެންތޯ ތަކުރާރުކޮށް ފަނޑިޔާރުން އެއްސެވި އެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ފަހު މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް