ads
ކުޑަކުއްޖަކު ލައްވާ ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި އަޝްމަލީ ދޫކޮށްލައިފި
ސްރީލަންކާގެ 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ދޫކޮށްލައިފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން އަޝްމަލީ އާއިއެކު ހައްޔަރުކުރި އިތުރު 16 މީހަކު މިނިވަން ތަހުގީގަކަށްފަހު ދޫކޮށްލައިފައި ވެއެވެ.

ކޮލަމްބޯގެ އެޑިޝަނަލް މެޖިސްޓްރޭޓް ކެމިންޑާ ޕެރޭރާ ވަނީ ބަންޑާރަ ނައިބުގެ ލަފާ ލިބުމުން އަޝްމަލީ އާ މިހިންތަލޭ ޕްރަދޭޝިޔާ ސަބާގެ ކުރީގެ ޑެޕިއުޓީ ޗެއާމަން އަދި ކާޑިއޮލޮޖިސްޓެއް ހިމެނޭ ގޮތަށް 17 މީހަކު ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އަދި އެކަށީގެންވާ ހެކި ނެތުމުން އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ގަސްތު ނުކުރާތީ އެ މީހުން ދޫކޮށްލުމަށް ލަންކާގެ ބަންޑާރަ ނައިބު ސަންޖޭ ރާޖަރަތުނަމް ވަނީ އަންގަވާފަ އެވެ.

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރުގެ ޖުލައި މަހުގައި އަޝްމަލީ ހައްޔަރު ކުރީ، އިންޓަނެޓް މެދުވެރިކޮށް، އަންހެން ކުއްޖާގެ ހަށި ގަތް ކަމުގެ ތުހުމަތުގައެވެ.

އަޝްމަލީ ލަންކާގައި ހައްޔަރުކުރީ 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވައި އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައިއެވެ. ސްރީލަންކާގެ ފުލުހުން ބުނާ ގޮތުގައި  މި މައްސަލައިގައި 41 މީހެއް ހައްޔަރުކުރެވިފައިވާކަމަށެވެ. 

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ކުއްޖާގެ މައިންބަފައިންގެ އިތުރުން، ނޭވީ ޑޮކްޓަރަކާއި، ސިޔާސީ މީހަކާއި، ޑްރައިވަރުންތަކަކާއި، ފާދިރީއަކާއި، ވިޔަފާރިވެރިންތަކަކާއި، ކުރީގެ ބޭންކް މެނޭޖަރަކާއި، ހޮޓެލް މެނޭޖަރަކާއި، ފުލުސް އޮފިސަރަކާއި، ކުއްޖާ ވިއްކަން ބޭނުން ކުރި ވެބްސައިޓުތަކުގެ ވެރިންނާއި، އިސްތިހާރު ހެދި މީހުން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް