މަޖާ ގޭމުތަކާއި ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ހަރަކާތްތަކާ އެކު މި ފެސްޓު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި ފެސްޓުން ކާބޯތަކެއްޗާއި ލުއިކާނާގެ ބާވަތްތައް ތަޖުރިބާކޮށްލެވޭނެ އެވެ.
މި ފެސްޓިވަލްއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ލަކީ ޑްރޯއިން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ރޯދަ ފެސްޓްގެ ތެރެއިން
އޭގެ ތެރެއިން އެންމެ ބޮޑު އިނާމަކީ މި އިވެންޓުގެ މެއިން ސްޕޮންސާ ޝީޝާއިން ހުށަހަޅާފައިވާ 125 ސީސީގެ ސައިކަލެއްގެ އިތުރުން މުނި ހޯމްކެއާ އިން ހުށަހަޅާ ބަދިގެ ސެޓު ހޯދުމުގެ ފުރުސަތާއި ފެސްޓު ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ 10 މީހަކަށް 3،000ރ.ގެ ވައުޗަރެއް ލިބޭނެ ކަމަށާއި މެރީނާ ކްރޮސްރޯޑްސްގައި ހުންނަ ޖިއާއޯ ވޫ، ކިންކާއޯ ތައި ބިސްޓްރޯ ނުވަތަ ކެބާބް އެންޑް ކަރީ ރެސްޓޯރެންޓުން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ފެސްޓް ހުޅުވިފައި ހުންނާނީ ހަވީރު 4 އިން ރޭގަނޑު 12 އަށެވެ.