ads
ބާވެފައި މަގުތައްމަތީ ހުރި އުޅަނދުތައް ނަގާ ނައްތާލަނީ
މަގުމަތީ ގިނަވެފައިހުރި 56 އުޅަނދެއް މިހާތަނަށް ނައްތާލައިފި
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން މިހާތަނަށް 56 އުޅަނދެއް ނައްތާލައިފިއެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިހާތަނަށް 56 އުޅަނދު ނައްތާލެވިފައިވާކަމަށެވެ. އަދި މިއީ 4 ފުރޮޅޮލީ އުޅަނދުތައްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

ބާވެ މަގުމަތީ އަޅާ ނުލާ ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޓްރާންސްޕޯޓް މިނިސްޓްއާ މާލޭސިޓީ ކައުންސިލާއި ފުލުހުންނާއި ވެމްކޯއާ އެމްޓީސީސީގެ އިތުރުން އެޗްޑީސީ ގުޅިގެންނެވެ. އަދި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެކަމަށް ޓްރާންޕޯޓް މިނިސްޓްރީ ވަނީ ބުނެފައެވެ. 

ޕްރޮގްރާމުގެ ފުތަރަމަ ބައެއްގެ ގޮތުން ނައްތާލާމީ މާލޭ އެކި ހިސާބުގައި ހުރި ވެހިކަލްތަކެވެ. އަދި ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާކަމަށާއި އެކަމަށް އެދި ލިބޭ ހުށަހެޅުންތައް ބަލައި ސައްހަ ހުށަހެޅުންތަކުގައިވާ އުޅަނދުތައް ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ މަސައްކަތެއް ކަމަށެވެ. މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް