ކ. މާފުށީގައި ގެނބިގެން މީހަކު މަރު ވެއްޖެއެވެ.

Advertisement
ފުލުހުން މިއަދު ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި ފަތުރުވެރިޔަކު މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ލިބިފައިވަނީީ މިއަދުގެ 10:25 ހާ އިރު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ފަތުރުވެރިޔާ މަރުވެފައިވަނީ މާފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް ސިއްހީ މަރުކަޒުން ބުނީ މަރުކަޒަށް ގެނެސް ފަރުވާ ދޭން ފެށި އިރު އޭނާ މަރުވެފައިވާ ކަމަށެވެ.
ފަތުރުވެރިޔާ މަރުވި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބުނުހާ އަވަހަކަށް މީޑިއާއަށް ހިއްސާ ކުރަމުން ދާނެކަމަށް ފުލުހުން ބުނެ އެވެ.
މާފުށީ ހެލްތް ސެންޓަރުން ބުނީ އެ މީހާ ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި އެ މީހާ އާއި ގުޅޭ މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ގެންބިގެން މަރުވެފައި ވަނީ އަންހެން ފަތުރުވެރިއެކެވެ..