ads
އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި
މާލޭގެ މަގެއްގައި ދުވާފައިދިޔަ ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަގައި މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިކަމާ ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން ފުލުހުން މިއަދު ހެނދުނު ވަނީ އެ މައްސަލަ ބަލަމުން އަންނަކަމާއި އެ އަމަލު ހިންގި މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ  

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ، އެ ޕިކަޕްގެ ފަހަތުގައި ސައިކަލެއްގައި އިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރާ ކަަަމަށް ދޭހަވާ ވައްތަރުތަކެއް ވެސް ޖެއްސި އެެެވެ.

އޭނާގެ އެ އަމަލާ މެދު ސޯޝަލް މީޑިއާގައި މީހުން ނުރުހުން ފާޅުކުރަމުން އަންނަ އިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް