ads
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނު ސަރުކާރުން 3.5 މިލިއަން ޑޮލަރު ހަދިޔާކުރުން - ފޮޓޯ: ފޮރިން މިނިސްޓްރީ
ކާރިސާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމަށް 3.5 މިލިޔަން ޑޮލަރުގެ އެހީއެއް
ކާރިސާތަކުގެ ހާލަތުގައި މެދުނުކެނޑި މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގައި ގާއިމުކުރާ ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ޕްރޮޖެކްޓަށް ޖަޕާނުން 3.5 މިލިޔަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ މި މަޝްރޫއަށް އެ ގައުމުން ދިން 3.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

މި މަޝްރޫއުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކަމާ ގުޅޭ މައުލޫމާތު ޓީވީއާއި ޑިޖިޓަލް ވަސީލަތްތަކަށް ފޮނުވުމާއި، މުހިންމު އާއްމު މައުލޫމާތު ރައްޔިތުންނާ ހަމައަށް ހަލުވިކޮށް ފޮނުވޭނެ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމުކުރުމެވެ.

ޖަޕާނުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ ޖަޕާނުން ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފަ އެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، އާއްމުންނާއި ހަމައަށް އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމުކުރާ މި ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް