ads
މުޒާހަރާ ކުރަމުންދާ މަސްވެރިންނާއި ޝިޔާމް ބައްދަލުކުރައްވަނީ
މަސްވެރިންނަށް 70މިލިއަން ދީފިން، ހޯމައިގެ ކުރިން 30މިލިއަން ދޭނަން
ކޫޢްޑޫއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން އިއްޔެ ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަސްވެރިން މަސްކިރުވުމަށްފަހު ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުލިބިގެން މަސްވެރިން ވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓުވާ އިހްތިޖާޖުކޮށްފައެވެ، މި އިހްތިޖާޖުތައް މަސްވެރިން މިދިޔަ ބުދަ ދުވަހުގެރޭ ހުއްޓާލީ ސަރުކާރުން އެމީހުންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން އިއްޔެ ރޭގެ ނިޔަލަށް 70 މިލިއަން ދޫކޮށް ނިންމާފައިވާކަމަށެވެ. އަދި އަންނަ ހޯމަދުވަހުގެ ނިޔަލަށް އިތުރު 30 މިލިއަން ދޫކުރާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ކުއްޑޫގައި އިހްތިޖާޖުކުރަމުން ދިޔަ މަސްވެރިންނާއި ބައްދަލުކުރަން މަސްވެރިކަމާއި ބެހޭ ވަޒީރު ދިޔުމުން އެކަމަށް މަސްވެރިން ދިން އެއްބާރުލުން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ހުށައެޅުން ގަބޫލުކޮށްް އިހްތިޖާޖު ހުއްޓާލާފައި މަސްވެރިން މަސްވެރިކަމަށް ނުކުތުމުން އެކަން ފާހަގަކޮށް މަސްވެރިންނަށް ވުޒާރާއިން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

މަސްވެރިކަމާއި ގުޅުންހުރި ފެސިލިޓީތައް ބަންދުވެފައި ހުރުމަކީ މަސްވެރިންނާއި މަސް ކުންފުނިތަކަށް އޭގެ ގެއްލުން ލިބޭނެކަމަކަސްވާތީކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް