ads
ވިލިގިލީގައި އެއާޕޯޓްއަޅަން މި ޕްރޮޕޯސަލް ލިބުނު އެއީ ކަމުދާ ޕްރޮޕޯސަލްއެއް ނޫން :އަކްރަމް
ގދ. ވިލިގިނލީގައި މި ސަރުކާރު އެއާޕޯޓް އަޅަން ހަވާލުކުރި ކުންފުނިން އެމްޑީޕީ ސަރުކާރަށްވެސް އެ ޕްރޮޕޯސަލް ހުށައެޅިކަމަށާއި ކުރިޔަށް ނުދިޔައީ ފީސަބަލް ޕްރޮޕޯސަލަކަށް ނުވާތީކަމަށް ކުރީގެ ހައުސިން ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
Advertisement

ގއ. ވިލިނގިލީފަޅު ތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓްއަކާއި 17 ރިސޯޓް ހަދަން އެއްބަސްވުމުގައި މި ސަރުކާެުން ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. .މި މަސައްކަތް ހަވާލުކުރީ ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ ބީސިކްސް ގްރޫޕާއެވެ. މި ކުންފުންނަކީ ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖު ހަލީފާ ހެދި ކުންފުނިކަމަށް ސަރުކާރުން ވަނީ ބުނެއެވެ.

މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިގިނލިގއި އޭއާޕޯޓްއަޅަން މިސަރުކާރުން ކޮންޓްރެކްޓުކުރި މަޝްރޫޢު ހުށައެޅުންތައް ހަމަ އެމީހުން މިިދިޔަ ސަރުކާރަށްވެސް ހުށައެޅިކަމަށެވެ. އެހެންނަމަވެސް އެ ޕްރޮޕޯސަލްއަކީ ފީސަބަލް ޕްރޮޕޯސަލް އަކަށް ނުވާތީ އެފަރާތާ އެކު އިތުރަށް ކުރިއަށް ނުގެންދާން ކުރީ ސަރުކާރުން އޭރު ނިންމެވީކަމަށްވެސް އަކްރަމް ވިދާޅުވުވިއެވެ. 

"އޭރު އެ ކުންފުނިން ހުށައެޅީ އެއާޕޯޓު ތަރައްޤީކުރަން ބަދަލުގައި 3 ފަޅު ރަށް ދިނުމަށް. ނަމަވެސް މިސަރުކާރުން އިތުރަށް 9 ރަށް. އަދި ދެއްކީވެސް ހަމަ އެ ވީޑިއޯ." އަކްރަމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އަކްރަމް ވަނީ އޭނާގެ އެކްސްގައި އޭރު ހުށައެޅިކަމަށް ބުނާ ޕްރޮޕޯސަލްގެ ބައެއް ތަފްސީލުތައް ހިމެނޭ ފޮޓޯތަކެއްވެސް އާއްމުކުރައްވާފައެވެ. އަކްރަމްގެ ލިޔުންތަކަސް ބަލާލުމުންވެސް މިދިޔަ ސަރުކާރުގައި ވެސް މި ޕްރޮޕީޯސަލްގެ ކަންކަމުގައި އިސްކޮށް އުޅުނީ ރައީސް މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ގޮތުގައި ހުންނެވި މުހައްމަދު ޖަނާހް އަލީއެވެ.

your imageއަކްރަމް ހިއްސާކުރައްވާފައިވާ ވިލިގިނލީ އެއާޕޯޓްް ޕްރޮޕޯސަލްގެ ބައެއް ބައިތައް 

ގިނަ ފަޅު ރަށްތަކެއް އޮންނަ ގދ. އަތޮޅުން ވިލިގިނލީގައި އެއާޕޯޓް އަޅާ ކުންފުންޏަށް ދޭން ނިނމި 17 ރަށަކީ ކޮބައިކަމެއް ސަރުކާރަކުން އަދި ހާމައެއް ނުކުރެއެވެ.

ވިލިގިނލީގެ އެއާޕޯޓްގެ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ  ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުގައި އެރަށް ވަޑައިގެންނެވެ.

މި މަޝްރޫއުގެ އަގަކީ 800 މިލިއަން ޑޮލަރުކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން ގއ. ވިލިނގިއްޔާއި އެއާޕޯޓް ގުޅާލާނީ ކޯޒްވޭއަކުންނެވެ. މި މަޝްރޫއުގެ ދަށުން ހެދޭ ރިސޯޓްތަކާއި އެކު 5000 އެނދު އިތުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެއެވެ. 

މަޝްރޫއުގައި ހިމެނޭކަންކަން 

  • ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ
  • 8 ޕްރައިވެޓް އައިލެންޑް
  • ބޮޑު 9 ރިސޯޓް
  • އެއާޕޯޓާ ދެމެދު 17 ކިލޯމީޓަރުގެ ހައިވޭ 

ވިލިގިނލީ އެއާޕޯޓްގެ ހެދުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް