ސާޖަންޓް "ކޭޑީ" ގެ އަތުލިޔުމަށް ފޮންޓެއް. އަކުރުޓައިޕް އިން ލިބޭނެ
މުހައްމަދު އާދަމް އަހްމަދު
23 ފެބްރުއަރީ 2024 - 21:37:38
އެމްއެންޑީއެފް މެޑިކަލް ކޯރގައި މަސައްކަތްކުރެއްވި މަރްޙޫމް ސާޖަންޓް މުހައްމަދު އަހްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ފަރުމާކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މަރްޙޫމް ސާޖަންޓް މުހައްމަދު އަހްމަދު ދީދީއަށް ނިސްބަތްކޮށް އުފެއްދި ފޮންޓަށް ނަން ދީފައިވަނީ މުހައްމަދު އަހްމަދު ދީދީ އާއްމުކޮށް ކިޔަމުން ދިޔަ ނަން ކަމުގައިވާ "ކޭޑީ" ގެ ނަމުންނެވެ.
ކޭޑީ އަކުރު ފޮންޓް، އާއްމުކޮށްފައި ވަނީ ދިވެހި ފޮންޓްތަކަށް ޚާއްޞަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި ތައާރަފުކުރި 'އަކުރު ޓައިޕް' ގައެވެ.
2023 އޮގަސްޓް 19 ވަނަ ދުވަހު ކުއްލިގޮތަކަށް ނިޔާވި މަރްޙޫމް ސާޖަންޓް މުހައްމަދު އަހްމަދު ދީދީއަކީ، އަތުލިޔުމުގައި ވަރަށް ހުނަރުވެރި ސިފައިންގެ މީހެކެވެ. މަރްޙޫމް ސާޖަންޓް މުހައްމަދު އަހްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ކޭޑީ ފޮންޓްގެ ނަމުގައި ފޮންޓެއް އުފެއްދުމުގެ މަސައްކަތަކީ އެމްއެންޑީއެފް މެޑިކަލް ކޯރއާއި އެންކްރިއާރ ސްޓޫޑިއޯ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ފޮންޓް www.akurutype.com ޑައުންލޯޑްކުރެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަކުރު ޓައިޕް މާކެޓްޕްލޭސްއަކީ ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓް ދައްކާލާ ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުފައްދާފައިވާ ޕްލެޓް ފޯމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް