އުމުރުން 40 އަހަރުގެ ޑެނީ އަލްވޭސްގެ މައްޗަށް ސާބިތުވެފައިވަނީ ބާސެލޯނާގެ ނައިޓްކްލަބެއްގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ކުށެވެ.
މި ކުށް ސާބިތުވެ ހަތަރު އަހަރާއި ބައިގެ ޖަލު ހުކުމެއްގެ އިތުރުން މައްސަލައިގައި ޝިކާރައަކަށްވީ އަންހެން ކުއްޖާއަށް 150،000 ޕައުންޑް ދެއްކުމަށްވެސް ސްޕެއިންގެ ކޯޓަކުން ހުކުމް ކުރިއެވެ.
މިއީ 2022 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމަށް ބުނާ ހާދިސާއެކެވެ. މި މައްސަލައިގެ ހުކުމް މިކުރީ މި މައްސަލައާ ގުޅިގެން ޑެނީ އަލްވޭސް ބަންދުކޮށްފައި ހުރުމަށް ފަހުއެވެ. މައްސަލައިގެ މުއްދަތުގެ ތެރޭގައި ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށްވެސް ސްޕެއިންގެ ކޯޓަކުންވަނީ ދެކޮޅު ހަދާފައެވެ.