ads
ފްލެޓް ލިސްޓް ރިވިއު ކުރާނީ ރައްޔިތުން އިތުބާރު ކުރާނެ ބޭފުޅުން: ރައީސް
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް އެކުލަވާލާ މިނިވަން ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުންވެސް އެ ބައެއްގެ ބަސް ގަބޫލުކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި (އެންޓި ކޮރަޕްޝަން ކޮމިޝަން) އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި "އުސޫލާ ހިލާފަށް ލިސްޓެއް އިއުލާންކޮށް" ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭސީސީ އިން، އެ ފްލެޓްތައް ހަވާލުކުރުން ހުއްޓުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

"ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލު ކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ. ކުރާއިރު ހަގީގަތު ވެސް ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނުވަތަ ނޫންކަން ވެރިފައި ވެގެންދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އޭސީސީން މިމަހުގެ ފަސް ވަނަ ދުވަހު ހާމަކުރި ގޮތުގައި ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމައެއް ނުވެ އެވެ.

ރައީސްއާ ސުވާލުކުރި މީހާގެ ސުވާލަކީ ކުރީގެ ސަރުކާރުން ނެރުނު ދާއިމީ ލިސްޓުގައި ހިމެނި، ފްލެޓު ލިބޭ ތަން ވެސް އެނގި، ނަމަވެސް ފަހުން ލީކުވި ކަމަށް ބުނާ ލިސްޓުގައި ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައި އޮތުމުން ދެން ވާނެ ގޮތަކާ ބެހޭގޮތުންނެވެ.

ސޯޝަލް މީޑިއާގައި ލީކުވި ލިސްޓަކީ ހަގީގަތާ ހިލާފު ލިސްޓެއް ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ. ރައީސް އެކަމާ މެދު ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް