ads
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަނީ
މާލެ ސަރަހައްދުގައި ހުންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ.

ވެމްކޯއިން ބުނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ހިދުމަތުގެ ފީ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ ގޮތުގައި ކުރިން ޓްރާންސްފާ ސްޓޭޝަންތަކަށް އާންމުން ގެންނަ ކުނިން ޓަނަކަށް ނަގާ 1060 ރުފިޔާ، އަންނަ މަހުން ފެށިގެން 750 ރުފިޔާއަށް ކުޑަ ކުރުމަށް ނިންމާފައިވާ ކަމުގަ އެވެ. 

އަދި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް، ވަންނަ ކޮންމެ ފަހަރަކު 150 ގެ ހިދުމަތުގެ އަގެއް ނެގުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

ވެމްކޯއިން އަގަށް ގެނައި މި ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބްރިޖް ގާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ އުޅަނދުތަކަށް ޗާޖުކުރާނީ، ގެންނަ ކުނީގެ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އަދި މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޗާޖުކުރާނީ 2660 ރުފިޔާގެ މަގުން ކަމަށް ވެމްކޯއިން މައުލޫމާތުދެ އެވެ.

މީގެއިތުރުން ވެއި ބްރިޖް ގާއިމްވެފައި ނުވާ ފެސިލިޓީތަކުން އާންމުންނަށް ޗާޖް ކުރަމުންދާނީ އުޅަނދުގެ ރަޖިސްޓާޑް ޓަނަކަށް 750 ރުފިޔާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް