ads
ގާފަރު ކުޅުންތެރިން
އޭދަފުށި ބަލިކޮށް ގާފަރުން ޒޯން ޗެމްޕިއަންކަން ހޯދައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އޭދަފުށި ބަލިކޮށް، ޒޯން ޗެމްޕިއަންކަން ކ. ގާފަރުން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ އޭދަފުށި ބަލޮކޮށް ޒޯން ތިނެއްގެ ޗެމްޕިއަންކަން ގާފަރުން ހޯދީ ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ 11 ވަނަ މިނެޓުގައި އޭދަފުށީގެ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި ގާފަރުގެ އިބްރާހީމް ރިމާހު ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. މި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުން އެ ޓީމުގެ ކެޕްޓަން ފައްޔާޒް ފަޔާޒްގެ ބަދަލުގައި ގޯލު ބެލެހެއްޓީ މުހައްމަދު ޝަމްއާން އެވެ. އޭނާ ވަނީ ޕެނަލްޓީގައި ދެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް