ads
މާލޭ ޒޯންގެ ޗެމްޕިއަން މާފަންނު
މާލޭ ޒޯންގެ ޗެމްޕިއަންކަން މާފަންނަށް
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ، މާލޭ ހިމެނޭ ޒޯން ނުވަތަ، ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަނުން ހޯދައިފިއެވެ.

މާލެ ޒޯންގެ ޗެމްޕިއަންކަން މާފަންނުން ހޯދީ، ފައިނަލްގައި ވިލިމާލެއާ ދެކޮޅަށް ކުޅެ، ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުން މާފަންނު މޮޅުވީ ހަތް ލަނޑު ހަ ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މާފަންނުންނެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ހުސެއިން ޝުހައިލް އެވެ. އަދި މާފަންނުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ހުސެއިން ޝިފާޒް (ޑުނގާ) އެވެ.

މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ވިލިމާލެއިން ވަނީ ދެ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވިލިމާލޭގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ޑުންގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖަހާދިނީ އަބްދުالله ސަމީހު މޫސާ އެވެ.

މާފަންނުން ގަދަ 16 ގައި ނުކުންނާނީ ޒޯން ތިނެއްގެ ރަނަރަޕް އޭދަފުއްޓާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް