ads
ރައީސް މިއަދު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަނީ—
ޑަބްލިއުޑީސީތަކުގެ އެލަވަންސް ދޭން މަސައްކަތް ކުރާނަން: ރައީސް
އަންހެނުންގެ ތަރައްގީއަަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އެލަވަންސް ދިނުމަށް މަޖިލިސް މެދުވެރިކޮށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ، މިހާރު ފަށާފައިހުރި މަޝްރޫޢުތަކަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމާއި، ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރަން ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ މައްސަލަ ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް އަދި ރަނގަޅަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް