އަމިއްލަ ދަނޑުގައި ފުލަމް އަތުން ޔުނައިޓެޑު ހޮނިހިރު ދުވަހުގެ ރޭ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ކުރިން ފުލަމްއިން ލީޑު ނަގާފައިވަނިކޮށް ޔުނައިޓެޑުން އެއްވަރު ކުރީ ފަހު މި މިނިޓުގައި ހެރީ މެގުއާ ޖެހި ލަނޑުންނެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭގައި ފުލަމް އިން އަނެއްކާވެސް ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރީއެވެ.
ރަނގަޅު ފޯމެއްގައި އޮތުމަށް ފަހު ޔުނައިޓެޑު މި މެޗުން ބަލިވިއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަމުން އައި ޒުވާން ފޯވާޑް ހޮއިލަންޑް މި މެޗުގައި ނުކުޅެއެވެ.
ޔުނައިޓެޑު އޮތީ ހަ ވަނައިގައެވެ. އެއީ 26 މެޗުން 44 ޕޮއިންޓާއެކުއެވެ. ފުލަމް އޮތީ 26 މެޗުން 32 ޕޮއިންޓާއެކު 12 ވަނައިގައެވެ.