ads
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ދެއްވީ ދިއްދޫ އެއާޕޯޓް އަޅާ ބިން ހިއްކާނެކަމުގެ ޔަގީންކަން
ދިއްދޫގައި އެއާޕޯޓާއި އެކު ބިން ހިއްކުމުގެ މަސްރޫއު ފަށާނޭ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އެއާޕޯޓް ހއ އަތޮޅުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓް އާއި އެކު ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް ބިންހިއްކުމުގެ މަޝްރޫއެއްވެސް ފެށިގެންދާނެ ކަމަށެވެ.

ދިއްދޫގެ ތަރައްގީ އަދި މުޅި އާބާދީގެ ގެދޮރުވެރިކަން ކަށަވަރުކުރުމަށް ކޮންމެހެންވެސް ގެދޮރުވެރިކަން ބޭނުންވާކަން އެރަށު ކައުސިލުން ފާހަގަކުރެއްވިކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަން ކަށަވަރު ކުރުމަށްވެސް ކޮންމެހެން ވެސް އިތުރު ހައުސިން މަސްރޫއުތައް ކުރިޔަށް ގެންދަން އެބަޖެހޭ ކަމަށާއި ބޭރުން ލިބޭ ފަންޑިން ބޭނުންކޮށްގެން ކުރިޔަށް އޮތްތަނުގައި ހއ.ދިއްދޫގައި ވެސް ހައުސިން މަޝްރޫއުތަކެއް މުހިންމުކަމެއް ދީގެން ކުރިޔަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހއ. އަތޮޅުގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ މި އަތޮޅުގެ ސިއްހީ ނިޒާމު ރަނގަޅުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހއ.ދިއްދޫގެ ރައްޔިތުން އަދި ހއ.އަތޮޅުގެ ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ހޮސްޕިޓަލެއް އަޅާދެއްވާނެ ކަމަށާއި މި ހޮސްޕިޓަލްގައި ބޭނުންވާ ވަރަށް ގިނަ ހިދުމަތްތަކެއް ލިބިގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

"ރާއްޖޭގެ ބަޖެޓަށް ބަލާއިރު މާ ގިނަ ކަންކަން ކުރުމުގެ ފުރުސަތެއް އަދި ނެތް. ނަމަވެސް އަޅުގަނޑުމެން މިހާރު ބޭރުގެ ފަންޑިން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. އެ ގޮތުން ބޭރަށް ކުރެވުނު ދަތުރުތަކުގައި ވަރަށް ބައިވަރު އެމްއޯޔޫތަކުގައި ސޮއި ކުރެވިފައި ވަނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަންޑިން ހޯދައިގެން މަސްރޫއުަތައް ފަށާއިރު ބޮޑަށް އިސްކަންދެވޭނީ ބޮޑެތި އަދި ދުރު ރާސްތާ އަށް ތަރައްގީ ކުރެވޭނެ ރަށްތަކަށް ކަމަށެވެ. މިކަމުގެ ސަބަބުން މުޅި އަތޮޅަށްވެސް ފައިދާ ވެގެންދާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހަދާފައި ބަޖެޓުގައި ހިންގާ ހިންގާ ހުރި މަސްރޫއު ހިންގަން ބޭނުންވާ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިކަން ކޮށްފައި މި ވަނީ ހަމަ ސަރުކާރަށް އުނދަގޫކުރުމުގެ ނިޔާތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ކެމްޕޭނުތަކުގެ ތެރޭގައި ވެފައިވާ ވައުދުތައް ފުއްދަވައިދެއްވަމުން ދާނޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް