ads
އީސީއާ ދެކޮޅަށް ދައުވާކުރި މައްސަލައިގެ ތެރެއިން
އެޖެންޓްގެ ޝަރުތުހަމަނުވާތީ ނަން ބާތިލުކުރުން ސުޕްރީމްކޯޓަށް
ރައްޔިތުން މަޖިލީހުގެ އއިންތިހާބަށް ވާދަކުރި މީހެއްގެ ރަސްމީ އެޖެންޓްގެ ޝަރުތުހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ސުޕްރީމްކޯޓުގައި ދައުވާކޮށްފިއެވެ. އެޖެންޓްގެ ޝަރުތުހަމަނުވާތީ ނަން ބާތިލުކުރުން ސުޕްރީމްކޯޓަށް

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ސުޕްރީމްކޯޓުގައި ފަށާފައެވެ. މި މައްސަލާގައި އީސީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި މީހެކެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ އޭނާގެ ރަސްމީ އެޖްނެޓްގެ ގޮތުގައި ހުށައެޅި ފަރާތުގެ ކުށުގެ ރެކޯޑް ހުށައަޅާފައިވާ މުއްދަތުން އެނާގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ނޭގޭކަމަށް ބުނެ ކޮމިޝަނުން ފޯމު ބާތިލުކޮށްފައިވާކަމަށެވެ. އަދި އޭނާގެ އެޖެންޓްގެ ފޯމު ހުށައަޅާފައިވަނީ 5 އަހަރު ދުވަހުގެ ކުށުގެ ރެކޯޑްކަމަށާއި އެއީ އިންތިހާބާއި ބެހޭ ގާނޫނުގައި ބަޔާންކުރާ މުއްދަތުކަމަށްވެސް ދައުވާކުރި ފަރާތުން ބުނެފައިވެއެވެ. 

މި މައްސަލާގައި ޖަވާބުދާރީވަމުން އިލެކްޝަން ކޮމިޝަނުން ބުނީ މައްސަލަ ހުށައެޅި ފަރާތުގެ އެޖެންޓުން ހުށައަޅާފައިވާ 5 އަހަރުގެ ކުށުގެ ރެކޯޑް ފޯމުތަކުން އޭނާގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ނޭގޭތީ ހުށައަޅަންޖެހޭ ލިޔެކިތުންތައް ފުރިހަމަ ނުވާކަމަށް ކަނޑައަޅާ ނަން ބާތިލުކުރީކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ޝަރުތު ފުރިހަމަ ނުވާތީ ނޫންކަމަށްވެސް އީސީން ބުނެއެވެ. މަޖިލިސްއަށް ވާދަކުރަން ބޭނުންވަނީ ސާބިތު ދަރަންޏެއް ނެތްކަން އެނގޭ ލިޔުމެއްކަމަށްވެސް އީސީން ބުނެއެވެ. 

މި މައްސައލިގެ އަޑުއެހުންތައް ސުޕްރީމްކޯޓުން މިއަދު ނިންމާލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް