ads
ޖޮކޮވިޗް
ޖޮކޮވިޗް ބޮލުގައި ފެންފުޅިއަކުން ޖެހިއްޖެ
އިޓާލިއަން އޯޕަންގައި ނޮވާކް ޖޮކޮވިޗް މޮޅުވުމަށްފަހު އޮޓޯގްރާފްތަކުގައި ސޮއިކުރަމުން ދަނިކޮށް އޭނާގެ ބޮލުގައި ފެންފުޅިއަކުން ޖެހިއްޖެއެވެ.
Advertisement

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖޮކިވިޗް ބޮލުގައި ޖެހުނު ފެންފުޅިއަކީ، އެތަނުގައި ހުރި މީހެއްގެ ދަބަހުން ވެއްޓުނު ފުޅިއެކެވެ. އޭރު މެޗު ނިންމާފައި ޖޮކޮވިޗް ގެންދިޔައީ ބައެއް ސަޕޯޓަރުންނާ ބައްދަލުކޮށް އޮޓޯގްރާފް ދެމުންނެވެ.

ފެންފުޅިން ޖޮކޮވިޗްގެ ބޮލުގައި ޖެހުމާއެކު އޭނާ ބޮލުގައި އަތް އަޅައިގެން ބިންމަތީގައި ކަކޫޖަހައެވެ. އަދި ސެކިއުރިޓީން އޭނާ ޓަނެއްލ ތެރެއަށް ގެންދާއިރުވެސް އޭނާ ހުންނަނީ ބޮލުގައި އަތް އަޅައިގެންނެވެ. މި ހާދިސާގައި އޭނާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

މި ހާދިސާއާ ގުޅިގެން މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައިވަނީ އެއީ ގަސްދުގައި މީހަކު ކުރިކަމެއް ނޫން ކަމަށާއި އެއީ އެކްސިޑެންޓެއްގެކަން ކަށަވަރުވެފައިވާ ކަމަށެވެ.

24 ފަހަރު ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިޔާގެ ހާލަތާ ގުޅިގެން ކަންބޮޑުވާން ޖެހޭ އެއްވެސްކަމެއް ނެތް ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް