
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ރިޕޯޓުން ހާމަވާ ގޮތުގައި މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 378245 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 325423 ފަތުރުވެރިންނާ އަޅާ ބަލާއިރު، 16.2 އިންސައްތައިގެ އިތުރު ވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން މި މުއްދަތުގައި ޗައިނާއިން 51984 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރު ޒިޔާރަތްކުރި ޖުމްލަ އަދަދުގެ 13.7 އިންސައްތަކަން ފާހަގަކޮށްލެވެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:
• ޗައިނާ – 51،984
• ރަޝިއާ – 36،423
• އިޓަލީ – 35،834
• ޔުނައިޓެޑް ކިންގްޑަމް – 33،401
• އިންޑިއާ – 25،096
މިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓްގެ މަގާމުގައި އޮތް އިންޑިއާ މިހާރު ވަނީ ލިސްޓްގެ ފަސް ވަނައަށް ވެއްޓިފަ އެވެ. އެކަމުގެ ސަބަބަކަށް ވެފައިވަނީ ޗައިނާ އާއި އެހެން ބައެއް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމެވެ. އަދި އެންމެ ފަހުން ލިސްޓްގެ ދެވަނައިގައި އޮތް އިޓަލީ މިހާރު އޮތީ ތިންވަނައިގަ އެވެ.
މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދަކީ 7744 އެވެ. އަދި އެ ފަތުރުވެރިން އެވްރެޖްކޮށް ހަފްތާއެއް ރާއްޖޭގައި ހޭދަކުރާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ސަރުކާރުން އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތަށް ބަލާއިރު އެ އަދަދު 2.3 މިލިއަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.