ads
ސާފް ބޯޑްތަކަށް މޯލްޑިވިއަންއިން ނަގާ ފީ ކުޑަކޮށްފި
ސާފް ބޯޑްތަކަށް މޯލްޑިވިއަންއިން ނަގާ ފީ ކުޑަކޮށްފި އެވެ.

އެ ގޮތުން އެންމެ ބޮޑެތި ސާފް ބޯޑްތަކުން ނަގާ އަގުން 33 އިންސައްތަ ކުޑަ ކޮށްފައިވާ އިރު ކުދި ސާފް ބޯޑްތަކުން 66 އިންސައްތަ ކުޑަކުރެވިފައިވާނޭ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

އެންމެ ބޮޑު ސާފް ބޯޓް އަކީ 6-10 އިންޗި ބޯމިން ހުރި ސާފް ބޯޑް ކަމަށާއި ކުދި ސާފް ބޯޓަކީ 5 އިންޗިއަަށް ވުރެން ދުނި ސާފް ބޯޑް ކަމަށް މޯލްޑިވިއަން ބުނެ އެވެ. 

މި އަގުތަކަށް މި ފަދަ ބަދަލުތަކެއް ގެނެވިފައިވަނީ މިދިޔަ ބުދަ ދުވަހު ރައީސްއާއި ސާފް ކުރާ މީހަކު މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރި ފަހުންނެވެ.

އެ ސުވާލަަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތަކުން ސާފްބޯޑް އުފުލުމަށް ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށެވެ.

ސާފް ބޯޑު އުފުލުމުގެ ދަތިތައް ވަރަށް ބޮޑުވެފައިވާ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން އެކަމަށް މޯލްޑިވިއަންއިން ޗާޖްކުރަމުންދާ ބޮޑު އަގު ކުޑަ ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް