ads
ކްރޫ މާޗް 29 ގައި ރިލީޒް ކުރަނީ
ކަރީނާ ކަޕޫރު ހާން، ތާބޫ އަދި ކްރިތީ ސަނޯން ލީޑް ރޯލުން ފެނިގެންދާ ކްރޫ ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މާޗް މަހުގެ 29 ވަނަ ދުވަހު ކަމަށް ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ހުކުރު ދުވަހު އިއުލާންކޮށްފަ އެވެ. އެއީ ރާޖޭޝް ކްރިޝްނާން ޑައިރެކްޓް ކުރާ ފިލްމެކެވެ.

ކުރިއަށް އޮތް ކޮމެޑީ ފިލްމަކީ ލޫޓްކޭސް އިން މަޝްހޫރުކަން ހޯދާފައިވާ ރާޖޭޝް ކްރިޝްނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މިފިލްމް  ޕްރޮޑިއުސްކޮށްފައި ވަނީ ރިއާ ކަޕޫރާއި އެކްތާ އާރް ކަޕޫރެވެ.

އެކްތާ އާރް ކަޕޫރުގެ ޕްރޮޑަކްޝަން ހައުސް ބާލާޖީ މޯޝަން ޕިކްޗާސް އިން ވަނީ ފިލްމު ރިލީޒް ކުރާނެ ތާރީހު އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އިއުލާންކޮށްފަ އެވެ. ހަމަ އެ ޕޯސްޓް ކަރީނާ، ތާބޫ، އަދި ކްރިތީ ވެސް ވަނީ ޝެއާކޮށްފަ އެވެ.

އަދި އެއާ ހޯސްޓެއްގެ ގޮތުގައި ކަރީނާ، ތާބޫ އަދި ކްރިތީ ސަނޯންގެ ފަސްޓް ލުކް ޕޯސްޓަރުތައް ވެސް ދައްކާލާފައި ވާއިރު، ކޮމެޑީ އެކްޓަރު ކަޕިލް ޝަރްމާ ފިލްމުގައި ހާއްސަ ގޮތެއްގައި ފެނިގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ކްރޫ އަކީ އެކްތާ އާއި ރިއާ ގުޅިގެން 2018 ވަނަ އަހަރުގެ ކޮމެޑީ ވީރޭ ޑި ވެޑިން އާއި މިދިޔަ އަހަރުގެ ތެންކިއު ފޯ ކަމިންގް އަށްފަހު އެކުގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް