ރައީސް އޮފީހުން ބުނީ ރޯދަމަހު ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 ކަމަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް ސަރުކާރު މުވައްޒަފުން ރަސްމީ މަސައްކަތް ކުރަން ޖެހޭނީ ރޯދަމަހާއި އެއްގޮތަށްކަމަށެވެ.
ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މަސައްކަތް ކުރުމަށް ކަނޑައެޅިފަައިވާ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ރައީސް އޮފީހުން ވަނީ އަންގާފައެވެ.
މި ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދުދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.