ads
ރޮނާލްޑޯ
ރޮނާލްޑޯ އަނެއްކާވެސް ހަޑިއެއް ހާވައިފި
ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އަދަބާ ހިލާފު އަމަލުތަކެއް ފެނި، ގިނަ ބަޔަކު އެކަމަށް ފާޑު ކިޔައިފިއެވެ.

ސައުދީ ޕްރޯ ލީގުގެ ފޯރިގަދަ މެޗެއްގައި ހުކުރު ދުވަހު އަލް ޝަބާބު އަތުން 3-2 އިން އަލް ނަސްރު މޮޅުވި މެޗު ނިމުމުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވަނީ ދަނޑުގައި ތިބި ސަޕޯޓަރުންނާ ދިމާލަށް ހަޑި ވައްތަރުތަކެއް ޖައްސާފައެވެ. މިކަން ހިނގަން މެދުވެރިވީ އަލްޝަބާބުގެ ސަޕޯޓަރުން މެސީގެ ނަމުން މުޅި ދަނޑު ގުގުމާލުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ހަޑި ވައްތަރުތައް ޖައްސާ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެ މައްސަލަ ބަލައި ރޮނާލްޑޯއަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯއަށް މީގެ ކުރިންވެސް މިފަދަ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ލީގުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުމުންވެސް މިފަދަ އަމަލުތަކެއް ރޮނާލްޑޯގެ ފަރާތުން ފެނިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް