ads
އަނބުރާ ފޮނުވިޔަސް ވަޒީރުންނަށް ރުހުމެއް ނެތް: އީސަ
މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންގެ ނަން ސަރުކާރުން އަނބުރާ މަޖިލިޖހަށް ފޮނުވި ނަމަވެސް އެތިން ވަޒީރުންނައް ދެންވެސް ރުހުމެއް ނުދޭނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހްމަދު އީސަ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މަޖިލީހުން ރުހުން ނުދީ ފޮނުވާލި 3 ވަޒީރުން އަނެއްކާ އައްޔަނު ކުރުމުން ސާބިތުވަނީ ސަރުކާރުގެ ކުރިމަތީގައި މަޖިލީހުގެ އެއްވެސް ކަހަލަ ބާރެއް ނެތްކަން ކަމަށެެވެ

އެތިން ވަޒީރުންނައް ރުހުން ނުދޭން ނިންމި އެތައް ބައިވަރު ސަބަބުތަކެއް ވާކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އެތަނުން އެއް ވަޒީރަށް ރުހުން ނުދޭން ނިންމީ އެ ވަޒީރު ރައްޔިތުންގެ ގެދޮރުތައް ނުދޭން ފައި ވިއްދާލައިގެން ހުރެމުން ކަމަށާއި ދެވަނަ ވަޒީރަށް ރުހުން ނުދޭން ނިންމީ ރައްޔިތުން ވޯޓުދީގެން ހޮވާފައި އޮތް މަޖިލީސް ގޮވައިގެން ކޯޓަށް ދަމަން ފެށުމުން ކަމަށެވެ.

ތިންވަނަ ވަޒީރަށް ރުހުން ނުދޭން ނިންމީ އަމިއްލަ ވިޔަފާރިތައް އެހެން މީހުންގެ ނަމަށް ބަދަލުކުރުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި އޭނާ އަށް ފައިދާވާނެ ހެން މިސްކިތްތައް އެޅުމުގެ ކޮންޓްރެކްޓް އެ ކުންފުނިތަކަށް ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ވަމުން އަންނާތީ ކަމަށް އީސަ ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީސް ތެރޭގައި ކުރާ އެއްވެސް ކަމަކީ ސަރުކާރަށް ޖެއްސުންކުރަމަށް ކުރާކަމެއް ނޫން ކަމަށާއި އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ ހައްގުތައް ރައްޔިތުންނައް އެންމެ ރަނގަޅު ގޮތުގައި ދިނުމަށް ކަމަށް އީސަ ވިދާޅުވި އެވެ.

"މިފަދަ ބޮޑުތި ނުބައި ކަންކަން ކުރަމުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން އަންނަ މީހުންނައް އަޅުގަނޑުގެ ރުހުން ދޭންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އެކަން އަޅުގަނޑު ކޮށްފި ނަމަ އަޅުގަނޑު ވާނީ ރައްޔިތުންނައް ގައްދާރު ވީ މީހަކަށް" މަޖިލިސް ކެމްޕެއިންގައި އެމްޑީޕީގެ ތަރުޖަމާނަކަށް ހަމަޖެއްސި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވި އެވެ.

މަޖިލީހުން ރުހުން ނުދޭން ނިންމީ، ބަންޑާރަ ނައިބް އަހުމަދު އުޝާމަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. މަޖިލީހުން ރުހުން ނުދޭން ނިންމިޔަސް ރައީސް ވަނީ އަލުން އެބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރައްވާ، އަލުން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފަ އެވެ. 

އިއްޔެ ހދ. ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ބޮޑު މެޖޯރަޓީއެއް އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައިފަ އެވެ. އަދި މެމްބަރުން ސީދާ ސަރުކާރަށް ދަތިކުރަން ބައެއް ކަންކަން ކުރައްވާ ކަމަށް ސިފަކުރެއްވި އެވެ. 

 

    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް