ads
އެމްއެންޔޫގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފި
މޯލްޑިވްސް ނެޝިނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އެގޮތުން ޔުނިވާސިޓީގެ ރެޖިސްޓަރާގެ މަގާމަށް މުހައްމަދު ސާމިރު އައްޔަންކުރިއިރު، ޑީން އޮފް ރިސާޗްގެ މަގާމަށް އައްޔަންކުރީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރެވެ.

މި ދެ މަގާމަށް މީހުން އައްޔަނުކޮށް ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެ ޔުނިވާސިޓީގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. 

ޔުނިވާސިޓީގެ ރަޖިސްޓަރާގެ މަގާމަސް ހޮވި ވަޑައިގެން ސާމިރަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއެންޔޫއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. 

ލެކްޗަރާއެއްގެ ހައިސިއްޔަތުން ޔުނިވާސިޓީއަށް ހިދުމަތް ކުރުމުގެ އިތުރުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސިސްޓަންޓް ރަޖިސްޓަރާގެ މަގާމުގައި ހުންނެވުމަށް ފަހު އޭނާ ވަނީ ރަޖިސްޓަރާއެއްގެ މަގާމުގައި ހުންނަވައި އެމްއެންޔޫ އަށް އެތަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.

ޑީން އޮފް ރިސާޗާގެ މަގާމަށް ހޮވިވަޑައިގެން ޑރ މަރިޔަމް ޝަހްނީޒާ ނަސީރަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ހިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރިސާޗުގެ ދާއިރާއިން ވެސް އޭނާ ވަނީ ހިދުމަތް ކޮށްދެއްވައިފަ އެވެ. އަދި މިހާރުވެސް ގެންދަވަނީ އެ ދާއިރާއިން ހިދުމަތް ކުރައްވަަމުންނެވެ.

އެގޮތުން ދިވެހިރައްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވެސް ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުގެ މަގާމު ވެސް އޭނާ ވަނި އަދައިކުރައްވައިފައެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެ މަގާމުތަށް ވެސް އޭނާ ވަނީ ފުރުއްވައިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް