ads
ހުކުމަށް ޖުޑިޝަރީން ތަބާ ނުވާތީ އަނެއްކާވެސް ކޯޓަށް
ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ޑރ. ހުސެއިން ފާއިޒުއަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކުރި އަމުރު ތަންފީޒު ނުކުރާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ އަހަރުވަނީ ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ނިންމީ، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާއިޒް ވަކިކުރުމުން، އޭނާގެ ފަރާތުން އެ މައްސަލަ ވީޓީއާރަށް ހުށަހެޅުމުންނެވެ. 

ފާއިޒް ވަކިކުރީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވަ އެވެ. ފާއިޒު ވަކިކުރީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައިވެސް ބެހެއްޓުމަށް ފަހުއެވެ.

ފާއިޒްގެ މައްސަލައިގައި ޓްރައިބިއުނަލުން އެންގި އެންގުމަށް ޑީޖޭއޭއިން ތަބާ ނުވެގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، މައްސަލައިގެ އަޑު އެހުންތައް މިހާރުވަނީ ފެށިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް