ads
ކަބީ ހާ ކަބީ ނާ އަށް 30 އަހަރު ފުރުން ފާހަގަ ކޮށްފި
ޝާހްރުކް ޚާން ވަނީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ގިނަ ފޭނުން ދެކޭ ފިލްމެއް ކަމަށްވާ ކަބީ ހާ ކަބީ ނާ އަށް 30 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.

ޝާހްރުކް ޚާންގެ 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ކަބީ ހާ ކަބީ ނާ' އާދީއްތަ ދުވަހު ރިލީޒް ކުރިތާ 30 އަހަރު ވެއްޖެ އެވެ. ޝާހްރުކް ޚާންގެ އެކްސް އެކައުންޓުން ވަނީ ކާސްޓާއި ކްރޫއަށް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ފިލްމު އުފެއްދި ޑައިރެކްޓަރު ކުންދާން ޝާހު ވެސް ހިމެނެ އެވެ. އޭނާ މި ފިލްމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މަސައްކަތް ކަމަށެވެ.

ކަބީ ހާ ކަބީ ނާ އަކީ ދީޕަކް ޓިޖޯރީ އާއި ނަސީރުއްދީން ޝާހް އާއި އެކު ޝާހްރުކް ލީޑް ރޯލުން ފެނިގެންދާ ރޮމޭންޓިކް ކޮމެޑީއެކެވެ. އަދި އެއީ ސުޗިތުރާ ކްރިޝްނާމުރްތީގެ ފުރަތަމަ ފިލްމެވެ. ކުންދާން ޝާހް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ޖަތީން-ލަލިތު އެވެ.

ޝާހްރުކް ޚާން ވަނީ 2023 ވަނަ އަހަރު ބޮޑެތި ތިން ފިލްމެއް ރިލީޒްކޮށްފައެވެ. އޭގެ ތެރޭގައި ސިދާތު އަނަންދުގެ ޕަތާން ހިމެނެ އެވެ. ޝާހްރުކް ޚާން އަދި ކުރިއަށް ދެން އޮތް ޕްރޮޖެކްޓެއް އަދި އިއުލާނެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް