ads
ބޫލް ބުލައްޔާގެ 3 ގެ ކާސްޓުން
މަދޫރީ ޑިކްސިތު "ބޫލް ބުލާޔާ 3" އަކުން ފެންނާނެ
މަދޫރީ ޑިކްސިތު "ބޫލް ބުލާޔާ 3" ގެ ކާސްޓުންނާ ގުޅެން ތައްޔާރުވެއްޖެ އެވެ. ބައެއް މަސްދަރު ތަކުން ބުނާ ގޮތުގައި މަދޫރީ ޑިކްސިތު ޓްރިޕްޓީ ޑިމްރީ، ވިދްޔާ ބާލަން އަދި ކާރްތިކް އާރިއަން އާއި ގުޅިގެން އަނީޒް ބަޒްމީގެ "ބޫލް ބުލާޔާ 3" ގައި ބައިވެރިވާނެ އެވެ.

ފެބްރުއަރީ 21 ވަނަ ދުވަހު ކާރްތިކް އާރިޔަން އާއި އެކު ފިލްމުގެ މައިގަނޑު އަންހެން ލީޑްގެ ގޮތުގައި ޓްރިޕްޓީ ދިމްރީ ފެނިގެންދާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އަދި ކާރްތިކް މި ހަބަރު އިންސްޓަގްރާމްގައި އިއުލާންކޮށް ލިޔެފައިވަނީ "ވެލްކަމް ޓު ދަ ވޯލްޑް އޮފް ބޫލް ބުލާޔާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ވަނީ 2007 ވަނަ އަހަރު ރިލީޒްކުރި ސައިކޮލޮޖިކަލް ހޮރޯ-ކޮމެޑީ ފިލްމު ބޫލް ބުލައިޔާގައި މަންޖުލިކާގެ ރޯލުން މަޝްހޫރު ބަތަލާ ވިދްޔާ ބާލަން އެނބުރި ފްރެންޗައިޒްއަށް އަންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ބޫލް ބުލާޔާ 3 ޕްރޮޑިއުސް ކޮށްފައިވަނީ ބޫޝަން ކުމާރު އަދި ޑައިރެކްޓް ކޮށްފައިވަނީ އަނީސް ބަޒްމީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް