ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ އަންނަ މަހުގެ 11 އެވެ.
ފަހު 10 ގައި ތިން ދުވަހު ކާޑުދޫކުރި ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަމްބަރު 7280368 އަށް ގުޅުމުން ހިދުމަތް ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރުއިން މިފަހުން ނެރުނު އިއުލާނެއްގައި ބުނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެހެންވެ، ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ ފަރާތަށް ކާޑު ދޫކުރާނެ ކަމަށް ބުންޏެވެ.
އެގޮތަށް އައިޑީކާޑު ދޫކުރުމަށް ފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަ ތަހުގީގުކުރަން އެ ޑިޕާޓްމަންޓުގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.