ads
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯއިން ކަރަންޓު ދޭ ހުރިހާ ރަށެއްގައި މިސްކިތު ބިލުގެ ރޭޓު ކުޑަކުރާނަން: ފަހުމީ
އަންނަ މަހުން ފެށިގެން ސްޓެލްކޯއިން ކަރަންޓު ދޭ ހުރިހާ މިސްކިތްތަކަށް ކުޑަ އަގެއްގައި ކަރަންޓު ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސް ޑރ.މުއިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރޭ ކުޅުދުއްފުށި ސިޓީގައި ރައީސް ވިދާޅުވި ފަދައިން މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ފަހުމީ ވިދާޅުވި އެވެ.

"މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ހަރަދު ކުޑަ ކުރުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް" ފަހުމީ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ބަޖެޓުން ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްދިނުމުގެ ގޮތުން އަންނަ މަހުން ފެށިގެން މިސްކިތްކަުގެ ކަރަންޓް ބިލް ޑޮމެސްޓިކް ރޭޓަސް ބަދަލުކުރަން ނިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާންކުރައްވާފައިވަނީ ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

"މިއަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް މިކުރަން ޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގަ، އެއީ މާލެ ސިޓީ، މިސިޓީ އަދި ހުރިހާ ރަށެއް އަދި ހުރިހާ ސިޓީއެއް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓު ހަރަދު، އެކަރަންޓަށް އެ ދައްކަން ޖެހޭ ބިލުގައި މިހާރު އެދައްކަނީ ގަވަރުމެންޓް ރޭޓް ކިޔާ ރޭޓެއްގަ، އެ ރޭޓްގެ ބަދަލުގަ ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަމައެކަނި މިސްކިތްތަކުގެ ބިލުތައް ކުޑަ ކޮށްގެން ވެސް ކައުންސިލްތަކުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ސްޓެލްކޯ އަދި ފެނަކައަށް ބޮޑު އެއްޗެއް ގެއްލޭނެ ކަމަށާއި، ނަމަވެސް އެތަންތަނަށް އާމްދަނީ ވައްދާނެ އެހެން ގޮތްތައް ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް