ads
މާލޭގެ ފިހާރައެއްގައި ރޯވެ ގެއްލުން ވެއްޖެ
މާލޭގެ ފިހާރައެއްގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ސިފައިންގޭ ބުނި ގޮތުގައި ކައިޓިއަ ފިހާރައިގައި ރޯވެ، ބޯކޮށް ދުން އަރާކަމުގެ މައުލޫމާތު ރޭ މެންދަމު 3:30 އެހާކަންހާއިރު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިގެން ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތެރިވެފައިވާ ކަމަށެވެ.

ސިފައިން އިތުރަށް ބުނީ މ. ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި "ކައިޓިއަ" ފިހާރާގައި ރޯވި އަލިފާނުން އެ ފިހާރަ އިން ދުން އަރާކަމުގެ މައުލޫމާތު ލިބުމުން ގޮސް ބެލިބެލުމުން، އެ ފިހާރަ ތަޅުލާފައި ހުރުމުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، ފަޔާ ފައިޓަރުން ވަނީ ފަތިހު 4:15 އެހާކަށްހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލައިފަ ކަމަށެވެ.

މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދާތަކަށް ގެއްލުންފަވެއިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް