ads
ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ފަތުރުވެރިން އަތުވެއްޖެ
ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މީގެ ކުރިން މަހެއްހާ ދުވަސް ތެރޭގައި ރާއްޖެއަށް މިހާ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަކަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ނުދައްކައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 26 އާ ހަމައަށް ދެ ލައްކަ ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ފެބްރުއަރީ މަސް ނިމުނު އިރު އައީ 177،000 ފަތުރުވެރިންނެވެ. އެއީ މިދިޔަ އެއް މަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހެވެ.

ރާއްޖެއަށް މިހާރު ދުވާލަކަށް 6،884 ފަތުރުވެރިން އަންނައިރު، މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު 15.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމު:

  • ޗައިނާ - 52،709 ފަތުރުވެރިން
  • ރަޝިއާ - 37،877 ފަތުރުވެރިން
  • އިޓަލީ - 37،393 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 34،798 ފަތުރުވެރިން
  • އިންޑިއާ - 25،751 ފަތުރުވެރިން
  • ޖަރުމަނު - 24،253 ފަތުރުވެރިން
  • ފްރާންސް - 15،506 ފަތުރުވެރިން
  • އެމެރިކާ - 12،615 ފަތުރުވެރިން
  • ޕޮލެންޑް - 9،938 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 8،718 ފަތުރުވެރިން

މިދިޔަ އަހަރު މުޅި ޖުމްލަ 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2022ވަނަ އަހަރު މުޅި ޖުމްލަ 1.6 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގައި 180 ރިޒޯޓެއް ހުރި އިރު، އެ ހުރިހާ ރިޒޯޓަކުން 44،180 ޓޫރިސްޓް ބެޑް ހިއްސާ ކުރެއެވެ. އެ ރިޒޯޓްތަކުގެ ތެރެއިން 175 ރިޒޯޓެއްގައި ޚިދުމަތް ދެމުން އަންނަ އިރު، އެ ރިޒޯޓްތަކުން ހިއްސާ ކުރަނީ 43،178 ޓޫރިސްޓް ބެޑެވެ.

ރާއްޖޭގައި 829 ގެސްޓްހައުސް ހުރި އިރު، އެ ހުރިހާ ތަނަކުން ވެސް ޚިދުމަތްދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސްތަކުން ދިވެހި ފަތުރުވެރިކަމުގައި 13،905 ޓޫރިސްޓް ބެޑް ހިއްސާ ކުރެއެވެ.

މީގެ އިތުރުން ރާއްޖޭގައި 140 ސަފާރީ ބޯޓު ވެސް ދުއްވައެވެ. ސަފާރީ ބޯޓުތަކުން ހިއްސާ ކުރަނީ 2700 ޓޫރިސްޓް ބެޑެވެ.

ރާއްޖޭގައި މުޅި ޖުމްލަ 62،801 ޓޫރިސްޓް ބެޑް ހުރި އިރު، އޭގެ ތެރެއިން އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުރީ 61،799 ބެޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް