ads
ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ށ. ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް، އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފުނަދޫ އެއާޕޯޓްގެ ޖާގަ އިތުރުކޮށް، ހިދުމަތް ރަނގަޅުކޮށް ފްލައިޓްތައް އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރަންވޭ ދިގުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ މި އެއާޕޯޓް ބޮޑުކޮށްދީ ތަރައްގީކޮށްދޭނެ ވާހަކަ ދަންނަވަން،" ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ އެއާޕޯޓާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ފުނަދޫ އެއާޕޯޓް އެއާޕޯޓުގެ ޖާގަ އިތުރުކޮށް. އަދި ފްލައިޓް ޖެއްސުމަށް ރަންވޭ ދިގުކުރައްވާ، ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓް ބޮޑޫކޮށްދީ ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

ފުނަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުން އަދި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ދެއްވި ޔަގީން ކަމަކީ، އެ ހުރިހާ ކަމެއް ކޮށްދެއްވައި ނަތީޖާ ނެރެދެއްވާނެ ކަމެވެ. ރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގަތް ވައުދު ތަކުރާރު ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް