ads
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
ފުނަދޫގެ އައިސް ޕްލާންޓުގެ މަސައްކަތް ފަށާތާ ތިން މަސް ތެރޭ ނިންމަނީ
އަންނަ ރޯދަ މަހު އަމަލީ މަސައްކަތް ފަށާ ށ. ފުނަދޫގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ތިން މަސް ތެރޭގައި ނިންމަން އަމާޒު ހިފާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

ފޮނަދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، އެ ސަރަހައްދުގައި އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް ފުނަދޫ އާއި އެ އަތޮޅުގެ މަސްވެރިން ބުނާ ކަމަށާއި އެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ރޯދަ ނިމުމުން އެ ޕްލާންޓުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަ މަސް ދުވަހުން އައިސް ޕްލާންޓެއް އެޅޭނެ ކަމަށާއި ކުރީގައި އޮންނަ ގޮތަށް އެކަމަށް ދެ އަހަރު ހޭދަ ނުކުރާނެ ކަމަށާއި އަމާޒަކީ ފުނަދޫގައި އައިސް ޕްލާންޓް ތިން މަސް ތެރޭގައި މަސައްކަތް ނިންމުން ކަމަށެވެ.

"އަޅުގަނޑުމެން ނުނަގާނަން މިދިޔަ ސަރުކާރުން ނެގިހެން އަހަރެއް ދެއަހަރު އައިސް ޕްލާންޓް އަޅާކަށް، އަމާޒަކީ ފުނަދޫގައި އައިސް ޕްލާންޓް ތިން މަސް ތެރޭގައި މަސައްކަތް ނިންމުން،" ޝިޔާމް ވިދާޅުވި އެވެ.

އައިސް ޕްލާންޓުގެ އިތުރުން ފުނަދޫއަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށަކަށްވުމުން އެ ރަށާ ކައިރީގައި ވަދު ކަނދުފައްޗެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ވެސް އަންނަ ހަފުތާގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި ފުނަދޫއަކީ މެރިކަލްޗަރ ކުރިއެރުވޭނެ ރަށަކަށްވުމުން އެ ފުރުސަތުތައް ފަހި ކުރުމަށް ކުރެވެން ހުރި ކަންކަން ވެސް ދިރާސާ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ވެރިކަން ކުރުމުގެ ނިޒާމުގައި ސަރުކާރާއެކު ތިބެގެން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް ފަސޭހަވެގެންދާކަން މީގެ ކުރީގެ މަންޒަރުތަކަށް ބެލުމުން އެނގިވަޑައިގަންނަވާ ކަމަށެވެ.

ފުނަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ށ. ފުނަދޫގެ އެއާޕޯޓް ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމާއިއެކު އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުން އަދި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް