ads
ރައްޔިތުންގެ މަޖިލީހުން ދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން: ރައީސް
ރައްޔިތުންގެ މަޖިލީހުން ޝަރުއީ ދާއިރާއަށް ބާރު ފޯރުވުމަށް މަސައްކަތްކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައިވާ ނިޒާމެއްނަމަވެސް، އެ ނިޒާމުގެ އުސޫލުތަކާއި ހިލާފު މަންޒަރުތައް މިއަދު ފެންނަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ޝަރުޢީ ދާއިރާގެ މައްޗަށް ބާރު ފޯރުވަން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. 

"މިއަދު ކަންކަން ގޮސްފައިވާ ހިސާބަކީ ރައްޔިތުންގެ މަޖިލީހުންދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެއަމުރު ނުވޭ އެއްވެސް އެއްޗަކަށް ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަސައްކަތްކުރަނީ ބައެއްގެ ނުފޫޒުގައި ޖެހިގެން ރާއްޖޭގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރުމަށްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރާ ބަޔަކު އިންތިހާބުކުރަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުވެގެންދާނީ ރާއްޖޭގެ ހާއްސަ އިގުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރު ރާއްޖެއަށް ކަށަވަރުވާ ހިސާބުންކަމަށެވެ. އަދި އެކަން ކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށާއި، އެ ރޮނގުން ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ޝަރުއީ ދާއިރާއަށް ބާރު ފޯރުވުމަށް މަސައްކަތްކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައީސް މިއަދު ވިދާޅުވެ ލެއްވިއިރު ރޯދަ މަސް ތެރޭ މަޖިލިސް އިންތިހާބު ނުބާއްވަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ބިލު ދެވަނަ ފަހަރަށް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުން ބަސް އިއްވައިފި ކަމަށާއި އެއަށް ގޮށްނުޖައްސަވައި، ވީހާވެސް އަވަހަކަށް ތަސްދީގުކުރައްވަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން ރައީސް މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފަ އެވެ. 

އަދި ބިލް ތަސްތީގު ކުރުން ލަސް ކުރާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވަނީ ގާނޫނާ ހިލާފު ކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނީ ދާއިރާގެ ވަކީލެއްގެ ގޮތުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރެއްވި ހިސާން ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ އަޑަށް ރައީސް މުއިއްޒު އިހްތިރާމް ކުރެއްވުމެވެ.

ދެވަނަ ފަހަރަށް ބިލު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، ރައީސް އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް