ރައީސް ޑރ.މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ނ.ހޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށާއި މިހާރު ކުރިޔަށްދާ ބަނދަރުގެ މަސައްކަތްވެސް ކުރިޔަށްދާނީ ރައްޔިތުން ގެންނަންބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވި އެވެ.
އަދި ހަމައެހެންމެ އެ މަސައްކަތްކުރިޔަށްދާއިރު ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ފެށިފައިވާ މަގުހެދުމުގެ މަޝްރޫއަށް މަގުތަކެއް އިތުރުކުރަންޖެހޭކަމަށާއި އަދި ނުނިމި ގިނަދުވަސްވެފައިވާ ފެނުގެ މަޝްރޫއުވެސް ހިމެނޭގޮތުން އެހުރިހާކަމެއް ވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މޭނާސްކޫލަކީ 75 އަހަރަށްވުރެ ދުވަސްވީ އަދި ފަހުރުވެރި މާޒީއެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވައި ސްކޫލުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫއު ކުރިޔަށްގެންގޮސްދެއްވާނެކަމުގައި ވިދާޅުވި އެވެ. ހަމައެހެންމެ، ރައްޔިތުން އެދޭގޮތަށް މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭގޮތަށް ޔުނިވަރސިޓީގެ ކެންޕަހެއް ދަނާލަކާއެކު ހޮޅުދޫގައި ގާއިމުކޮށްދެއްނެކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުންވެސް ރަށްގިރުމުގެ މައްސަލައާއި ބަނދަރު މައްސަލަ ހައްލުކުރުމާއި، މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ރަށުގެ ފެން ތަޣައްޔަރުވުމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެއްވާނެކަމަށްވެސް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވި އެވެ.