ads
އަޒުލްކުރާގޮތަށްްގެނައި ބަދަލު ގާނޫނު އަސާސީ ހިލާފު: ސުޕްރީމްކޯޓް
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތަށް ގެނައި ބަދަލުތައް ހިމެނޭގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ގާނޫނު އަސާސީ ހިލާފުކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

ގާނޫނީ އަސާސީގައިވާ ގޮތުން ރައީސާއި ނާއިބު ރައީސް މަގާމުން އަޒުލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. މި ދައުރުގައި ރައްޔިތުން މަޖލީހުގެ 87 ދާއިރާ އޮންނައިރު އެއީ 58 މެމްބަރުންގެ ވޯޓްވެެ. 

އެހެންނަަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވެ މަޖްލީހުގެ ތިއްބެވި ބައެއް މެމްބަރުން ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރުމުން މަޖިލީހުން 7 ގޮނޑިއެއް ހުސްވިއެވެ. އެއާއި އެކު މަޖލީހުން ވަނީ ރައީސްއާ ނައިބު ރައީސް މަގާމުން ދުރުކުރުމަށް އޮތް މާއްދާއަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގައި ބުނަނީ އެފަދަ ވޯތެއް ނަގާއިރު މަޖލީހުގެ އަދަދި ގުނާނީ މަޖިލީހުން ހުސްވި ދާއިރާތައް ނުގުނާކަމަށެވެ. 

މި ބަދަލުތައް ގާނޫނު އަސާސީ ހިލާފުކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ބަންޑާރަ ނައިބުއެވެ. 

މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނީ ރައްޔިތުން މަޖލީހުން ވަކިވި މެމްބަރުން ނުލާ މަޖިލީހުގެ އަދަދު ގުނުމަކީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެމްބަރުންގެ އަދަދި ކަނޑައަޅާ އުސޫލަށާއި 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތަށާއި 26 ވަނަ މާއްދާގެ ނގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިންގެ ކަންތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާއި ހިލާފުކަމެއްކަމަށެވެ. 

" ގާނޫނު އަސާސީގައި ބަޔާން ކުރާ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ހުސް ގޮނޑިތައް ނުހިމެނޭ ގޮތަށް ރައްޔިތުން މަޖލީހުން މާނަކޮށްފައިވަނީ ގާނޫނު އަސާސީގައި ރައްޔިތުން މަޖިލީހުން ފާސްކުރަން ޖެހޭ ކަންކަން ބަޔާންކުރާ ގާނޫނު އަސާސީގެ 3 ވަނަ މާއްދާ 88، 85 ވަނަ މާއްދާގެ (ށ)، 86 87 ވަނަ މާއްދާ (ހ) އަދި (ށ) ، 88 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ބައި ،91 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ށ އަދި ބ) ،101 ވަނަ މާއްދާގެ (ނ) ، 154 ވަނަ މާއްދާގެ (ށ) ، 210، 215،221 250 ވަނަ މާއްދާގެ (ށ) 251 ވަނަ މާއްދާގެ (ނ) 257 ވަނަ މާއްދާގެ (ށ އަދި ނ ) އަދި 261 ވަނަ މާއްދާ ތައާރަޒުވާކަމެއް." ސުޕްރީމްކޯޓްގެ ހުކުމުގައިވެއެވެ.

 

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނެރުއްވި ރައުޔަށް މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާއި، ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑޮކްޓަރ އިބްރާހިމް މުހައްމަދު ދީދީ ވަނީ ތާއިދުކޮށްފައެވެ. 

މަޖިލީހުގައި މިހާރު މެމްބަރުން ބެހިފައިވާ ގޮތް 

  • އެމްޑީޕީ 42 މެމްބަރުން 
  • ޕީއެންސީ 16 މެމްބަރުން 
  • ދި ޑިމޮކްރެޓްސް 13 މެމްބަރުން 
  • ޕީޕީއެމް 2 މެމްބަރުން 
  • އެމްޑީއޭ 2 މެމްބަރުން 
  • ޖޭޕީ 2 މެމްބަރުން 
  • އަމިއްލަ މެމްބަރުން 3
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް