ads
ފައިސާ ޗާޕުކުރުން ހުއްޓާލީ އެމްޑީޕީ ސަރުކާރުން: އެމްޑީޕީ
ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިއަދު ބުނެފި އެވެ.
Advertisement

އެމްޑީޕީގެ މަޖިލިސް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ ކޮންމެ ރަށަކަށް ގޮސްފައިވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ފައިސާ ޗާޕް ކުރުން ހުއްޓާލީ އެ މަނިކުފާނުގެ ވެރިކަމުގައި ބުނާ ބުނުމަކީ އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫންކަމަށެވެ. 

އީސަ ވިދާޅުވީ އެކަން ހުއްޓުވީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެކަން ރަސްމީ އޮފީސް ލިޔެކިޔުންތަކުންވެސް ފެންނަން ހުންނާނެ ކަމަށެވެ.  

އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފައިސާ އިތުރަށް ޗާޕް ނުކުރަން ނިންމާފައިވާ ކަމަށާއި މިދިޔަ އަހަރުގެ 31 ޑިސެމްބަރު ވަނަ ދުވަހު އެއްކޮށް އެކަން ހުއްޓާލާފައިވާ ކަމަށް އީސަ ފާހަގަ ކުރެއްވި އެވެ.

އީސަ ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ޑރ.މުއިއްޒު ކުރައްވަން ނިންމެވި ކަމެއް ނޫންކަމަށާއި އެކަން ކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. 

"އެމްޑީޕީގެ އެޑްމިނިސްޓްރޭޝަން އިން މާކުރިން ނިންމާފައި އޮތް ކަމެއް އެއީ. ރައީސް މުއިއްޒުއެއް ނޫން އެކަން ކުރަން ފެއްޓެވީ. އެކަމުގައި ވެސް ރައީސް އެ ހައްދަވަނީ ހަމަ ދޮގެއް." އީސަ ވިދާޅުވި އެވެ

މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ކޮންމެ ޖަލްސާއެއްގައި ދައްކަވަމުން ދަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް އީސަ ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގަތުމުން ކުރީ ސަރުކާރުގެ ވާހަކަ ދެއްކުން ހުއްޓާލާ ވެރިކަމަށް އަންނަން ރައްޔިތުން ގާތު ވީ ވައުދު ފުއްދަން މަސައްކަތް ކުރެވުން މާ ރަނގަޅު ވާނެ ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ މިހެން ވިދާޅުވެފައި ވީ ނަމަވެސް ވީ ވައުދުފުޅާ އެއްގޮތަށް ފައިސާ ޗާޕް ކުރުން ހުއްޓާލައިފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ފައިސާ ޗާޕް ކުރުން ހުއްޓާލުން އެއީ ރައީސް ހަފްތާ 14 އެޖެންޑާގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ރައީސް މުއިއްޒު މިމަހު އައްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވަނީ ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމުގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރި ވަރަށްވުރެ ގިނަކަން ފާހަގަކުރެއްވި އެވެ.

 އިތުރަށް ކިޔާލުމަށް: ސަރުކާރު ހިންގަން ފެށުމާ އެކު، ވައުދާ އެއްގޮތަށް ފައިސާ ޗާޕްކުރުން ހުއްޓާލައިފިން 

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް