ފުރަތަމަ ފަހަރަށް ބޭއްވި އަންހެނުންގެ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ފްރާންސް ބަލިކޮށްގެންނެވެ.
ފްރާންސް އަތުން ސްޕެއިން ފައިނަލުގައި މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.
މީއީ ހަ މަސް ދުވަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު އިންގްލެންޑް އަތުން މޮޅުވެ، ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސްޕޭނުގެ އައިޓާނާ ބޮންމާޓީ އަށެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑްކަޕް ސްޕޭން ކާމިޔާބުކުރި އެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. އަދި ފީފާއިން މިދިޔަ އަހަރު ހޮވި ބެލޮންޑީއޯ އެވޯޑާއި ދަ ބެސްޓް އެވޯޑް ވެސް ހާސިލްކުރި ކުޅުންތެރިޔާ އެވެ.