ކުރިން ރޯދަ މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ފަސްކުރަން އީސީން ނިންމީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން އީސީން ކުރިން ނިންމާފައި އޮތީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.
ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އީސީން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ނިންމީ އޭޕްރިލް 21 ވާ އާދީއްތަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އީސީން ބުނީ ވޯޓްލުން ކުރިއަށްދަނީ ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެދުވަހުގެ ހަވީރު 4 ގެ ފަހުންނެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.