ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުން މުސާރަ އާއި އިނާޔަތްތައް ރަނގަޅުކޮށްދެނީ
ލޯކަލް ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރަ އާއި އިނާޔަތްތައް ރަނގަޅުކޮށްދެއްވަން ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި ރައީސް މިހެން ވިދާޅުވީ ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ކުރި ސުވާލެއްގަ އެވެ.

ނ. މަނަދޫ ހޭޅި، ގާޒާ އަބްދުލްގަފޫރު ވަނީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން، އެފަދަ މުވައްޒަފުން އިތުރު ތަޢުލީމު ހާސިލް ކުރި ނަމަވެސް މުސާރައިގެ ކުރިއެރުމެއް ނުލިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލު ކުރިއެވެ.



މިސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުން ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައިވަނީ ދަށްފަންތީގައި ކަމަށާއި އޭގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށެވެ. އަދި ގާނޫނީ މައްސަލަތައް ހުރުމުން ސިވިލް ސަރވިސް ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެދުގައިވެސް ހިޔާލު ތަފާތުވުންތައް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" މަނަދޫގައި ހުންނަވައި އައްޒާގެ ސުވާލަށް ޖަވާބަށް ދެއްވަމުން ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ގާނޫނުގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަން ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް