ads
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މަރާމާތު ކުރަނީ
ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ހަވާލު ކުރީ އޭ.އެސް އިންވެސްޓްމަންޓާއެވެ. ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް އޭ.އެސް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 1،166،400.00 އަށެވެ.

ޒޯން ސްޓޭޑީއަމްގެ މަރާމާތުގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭޑިއަމުގެ ސިޑިބަރި ހިޔާކުރުމަށް ދަގަނޑު ހޮޅިން ހަދާފައިވާ އޮނިގަނޑާއި ފުރާޅު މަރާމާތު ކުރުމެވެ. އަދި ޗޭންޖިންގ ރޫމުގައި ހުރި ފާހާނާތައް މަރާމާތުކުރުން އަދި ޗޭންޖިންގ ރޫމުތަކުގައި މުށި ޖެހުމާއި، ސީލިންގ ކުރުމާއި، އޭސީ ކުރުމުގެ އިތުރުން ޗޭންޖިންގ ރޫމުތަކުގައި ކުލަލުމަށްވެސް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

މި މަސައްކަތް އޭ.އެސް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 77 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އަދި މި 77 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް އޭ.އެސް އިންވެސްޓްމެންޓަށް ލިބޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް