ads
ގޯލްޑަން މެޗެއް ފެށުމުގެ ކުރިން
ގޯލްޑަންގައި މިރޭ އޮތީ ކުއާޓާ މެޗުތައް
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިރޭ އޮތީ ފޯރިގަދަވާނެ ކަމަށް ބެލެވޭ ކުއާޓާ ފައިނަލްގެ މެޗުތަކެވެ.

މިރޭގެ އެންމެ ފުރަތަމަ ދެ މެޗަކީ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާ އއ. މަތިވެރި ކުޅޭ މެޗުގެ އިތުރުން، ވިލިމާލެއާ ސ. ހިތަދޫ މެޗެވެ. 

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ކުއާޓާ އަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ހދ. ނާވައިދޫ އަތުން މޮޅުވެގެންނެވެ. ނާވައިދޫ އަތުން ގަން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ހދ. ނައިވާދޫ އަތުން ގަން މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. 

މުބާރާތުގައި ފުރަތަމަ ފަހަރަށް މަތިވެރިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ، ފ. ބިލެއްދޫ ބަލިކޮށްގެނެވެ.

މިރޭގެ ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗަކީ، ކ. ގާފަރާ ދ. ކުޑަހުވަދޫގެ މެޗުގެ އިތުރުން ތ. ތިމަރަފުށްޓާއި ބ. އޭދަފުށީގެ މެޗެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް