ads
އަތޮޅު ދުވުމުގެ އެއްވަނައަށް ހޮވޭ ފަރާތަށް އުރީދޫން ދެމީހަކަށް އުމްރާ ދަތުރެއް ލިބޭނެ - ފޮޓޯ: އުރީދޫ
އަތޮޅު ދުވުމުގެ އެއްވަނައަށް ހޮވޭ ފަރާތަށް އުރީދޫން ދެމީހަކަށް އުމްރާ ދަތުރެއް ދެނީ!
އަންނަ މަހު "އަތޮޅު ދުވުން" ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގަ ހިމެނޭ ފަރާތަކަށް ދެ މީހުންގެ އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.

މި ގޭމު އުރީދޫއިން ގުޅުވައިލީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް" އިޝްތިހާރާއެވެ.

އެގޮތުން މި ގޭމުގައި އުޅޭ ރާއީ، ހަސަނަށް ފޯނު ދޭންދުވެފައި ދަނީ ރައްޖޭގެ އުތުރުން ދެކުނަށެވެ. އުރީދޫއިން ބުނި ގޮތުގައި މި ގޭމުގައި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވެލެއް އަންލޮކް ވާނެއެވެ.

އަންނަ މަހުގެ އަޕްޑޭޓް މިރޭ 12:00 އިން ފެށިގެން ލިބޭއިރު އެޕަލް ސްޓޯރާއި ގޫގުލް ޕްލޭސްޓޯރު މެދުވެރިކޮށް މި ގޭމް ޑައުންލޯޑް ކުރެވޭނެއެވެ.

އަތޮޅު ދުވުމުގެ މާރިޗު މަހުގެ ޕާޓްނާއަކީ ގިބްލަ ހައްޖު އެންޑް އުމްރާ އެވެ. މި ޕާޓްނާޝިޕުގެ ދަށުން އުރީދޫއާޢި ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗާ ލިބުމުގެ ފުރުސަތު ވެސް މިމަހު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ. މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުން،" އުރީދޫން ބުންޏެވެ.

އަންނަ މަހު އަތޮޅުދުވުމުން ފެންނާނީ ނ.ލަންދޫއެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެއް ކަމަށާއި ރާއްޖޭގައި އެންމެ ގިނައިން އުފެދޭ ކުޅައްވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށް ކަމަށް އުރީދޫއިން ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް