ads
ކާބޯތަކެތީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް އިޒްރޭލުގެ ލާއިންސާނީ ބާރުތަކުން ދިން ހަމަލާ
އެހީގެ އިންތިޒާރުގައި ތިއްބާ އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިންސާނީ އެހީއާއި ކާބޯތަކެތީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް އިޒްރޭލުގެ ލާއިންސާނީ ބާރުތަކުން ދިން ހަމަލާ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
Advertisement

ރޭގެ ވަގުތެއްގައި ދިން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު ކަށަވަރެއް ނޫނެވެ. އެކަމަކު މަދުވެގެން 100 މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

"އެ ނޭއްގާނީ ހަމަލާގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައި. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލެއް،" ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރާއްޖެއިން ވަނީ ފަލަސްތީނާ އެކު ސާބިތުވެ ތިބިކަން ތަކުރާރުކޮށްފަ އެވެ. އަދި، ކުއްލި އަދި މުހިއްމު ނިންމުންތަކެއް ނިންމައި ހަނގުރާމަ ހުއްޓުވައި، އިޒްރޭލާ މެދު ފިޔަވަޅު އަޅަން ރާއްޖެއިން ވަނީ ދުނިޔެއަށް ގޮވާލައިފަ އެވެ.

ގާޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ހަމަލާތަކުގައި މަދުވެގެން 112 މީހުން ޝަހީދުވެ 750 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޔަހޫދީ އިޒްރޭލުގެ ރަހުމެއް ނެތް އުދުވާނާ ގުޅިގެން ގާޒާގެ ރައްޔިތުން ވަނީ ބިކަވެފަ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 2.3 މީހުން ވަނީ ނިކަމެތިވެފައެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހޮސްޕިޓަލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް