ads
ހެކަތޯންގެ ތެރެއިން
ޔޫތް ހެކަތޯން ފަށައިފި
ޔޫތް މިނިސްޓްރީން ކުރިޔަށް އެއްދުވަހުގެ މުއްދަތުގެ ކުރިޔަށް ގެންދާ ޔޫތް ހެކަތޯން ފަށައިފި އެވެ.
Advertisement

މި ހަރާކަތް ފަށާފައި ވަނީ މިއަދު ސޯސަލް ސެންޓަރުގައި އެވެ. މި ހަރާކަތް ފައްޓަވާ ދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހުސާން އެވެ. 

މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ދިވެހި ޒުވާނުންގެ ފަރާތުން މި ހެކަތޯންނައް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިކަމުންވެސް އެނގިގެން ދަނީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ކުޅަދާނަ އަދި ފަންނީ ކުދިން ތިބި ކަން ކަމަށާއި މި ހެކަތޯންގެ ސަބަބުން ކުރިޔަށް އޮތްތަނުގައި މި ކުދިންނައް އެކި އެކި ދާއިރާ ތަކުން ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމް އަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނިފައިވާ ފަންނީޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމަށް އަދި ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރަށް ދިވެހި ޒުވާނުން ނެރުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުވާލުން މި ދެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. 

މާޗު މަހުގެ 2-3 ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ 30 ގަޑި އިރަށް ދިގު ދެމި ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މަދުވެގެން 3 މެމްބަރު އަދި ގިނަވެގެން 5 މެމްބަރުންގެ ޓީމްއަކަށެވެ. މި ހެކްތޯންގައި ބައިވެރިވުމުގެ އުމުރަކީ 18-35 ދެމެދު އެވެ. މި ހެކަތޯންއިން އެއްވަނަ އަށް ދާ ފަރާތަކަށް 100000 ރުފިޔާގެ އިނާމެއް ވެސް ހުށަހެޅިފައިވެ އެެވެ. މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. 

މި ހެކަތޯން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެކްތަތޯން ގެ ވެބްސައިޓަށް ޒިޔާރާތް ކޮށްލެވުމަށް ޔޫތް މިނިސްޓްރީން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް