ads
ރޯދަ ފެސްޓްގެ ތެރެއިން
އަންހެނުންނަށް ހާއްސަ "ފަށާ މަދަދު" ލޯނު މާދަމާ ދޫކުރަނީ
އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނު މާދަމާ ދޫކުރަން ފަށާނެކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ބުނެފި އެވެ.

މި ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށްކަމަށާއި އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެކަމަށާއި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ކަމަށެވެ.

މިލޯންގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފަށާ "މަދަދު - ލީޒިން" ސްކީމެއްވެސް އެސްޑީއެފްސީން ވަނީ ތައާރަފްކޮށްފަ އެވެ.

އެސްޑީއެފްސީން އިން ބުނި ގޮތުގައި މި ސްކީމުގެ މަގްސަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެކަމަށާއި ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އިންޓަރެސްޓުގެ ގޮތުގައި 8 އިންސައްތަ މި ލޯނުން ނަގާނެއެވެ.

އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް