ads
މިއަދު ހެކަތޯން ފަށަން ޝޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ
ދުނިޔޭގެ ކަންކޮޅުތަކަށް ހިދުމަތްދީގެން ރައްޔިތުނަށް މަންފާ ހޯދައި ދޭނަން: އިހްސާން
ދުނިޔޭގެ ކަންކޮޅުތަކަށް ހިދުމަތްދީގެން ރައްޔިތުން މަންފާ ހޯދައިދޭން ސަރުކާރުން ވިސްނާކަމަށް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ޔޫތް ހެކަތޯން ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިޖާދީ ހިޔާލުތަކަކީ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތަކެއް ކަމަށާއި މި ދާއިރާއިން ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.

އީ-ވޮލެޓު ތައާރަފްކޮށްދީ ބޭރުގެ ފަރާތްތަކަށް ހިދުމަތް ވިއްކައިގެން ލިބޭ މަންފާ ރައްޔިތުންގެ ޖީބަށް ވަންނާނެގޮތެއް ބަލާ ވީ އެންމެ އަވަހަކަށް ތައާރަފްކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ޕޭޕާލް ފަދަ ސާވިސްތައް މެދުވެރިކޮށް ސާވިސްތަކަށް ޕޭމަންޓު ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ޓެކް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަންހެނުން ގިނަކަމަށާއި މި ހެކަތޯންގައިވެސް ބައިވެރިވެފައިވާ އަންހެނުން ގިނަ ކަމަށެވެ.

your imageޔޫތު ހެކަތޯން ބައެއް ބައިވެރިން

އިހްސާން ވިދާޅުވީ ކަންކަމާއި މެދު ވިސްނާ ތަފާތު އެކި ގޮތްގޮތަށް ކަންތައް ކުރެވޭނެ ގޮތްތައް ހޯދާ އިޖާދީ ބަދަލުތައް ގެނައުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމުކަމަށެވެ.

"ދެކެން ބޭނުންވާ ދުވަހަކީ އަލުން އަނބުރާ މެން އިން ޓެކް ހޯދަން ޖެހޭ ދުވަހަށް އައުން، އެ ވަރަށް އަންހެން ބޭފުޅުން މި ދާއިރާ ޑޮމިނޭޓުކުރަންވީ، ތިބޭފުޅުންގެ ކްރިއޭޓިވިޓީ އިނޮވޭޝަންސް އެއީ އަންލިމިޓެޑް." އަލީ އިހުސާން ވިދާޅުވި އެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، މި ހެކްތޯންގެ ތިން ދާއިރާއިން ވެސް ބޭނުންތެރި އަދި އުފެއްދުންތެރި ހިޔާލުތަކެއް ލިބި އޭގެ ފައިދާ މުޖްތަމައުއަށް ކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ސްޕީޑްގައި ޓެކްނޮލޮޖީގެ މުހިންމުކަން އިތުރުވަމުން އަންނައިރު އެ ދާއިރާއިން ޒުވާނުންގެ ބޭނުންތެރިކަން ނުހަނު މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

your imageޔޫތު ހެކަތޯނަކީ ދިވެހި ޒުވާނުން އައު އީޖާދުތައް އުފައްދާ، ނެޓްވޯރކު ކުރުމާއި، މައުލޫމާތު ބަދަހިކޮށް އަދި އައު ޚިޔާލުތަކާއި ހައްލުތައް އުފެއްދުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެއް

ޔޫތް ހެކްތޯންއަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނިފައިވާ ފަންނީޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމަށް އަދި ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރަށް ދިވެހި ޒުވާނުން ނެރުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުވާލުން މި ދެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. 

މާޗު މަހުގެ 2-3 ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ 30 ގަޑި އިރަށް ދިގު ދެމި ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މަދުވެގެން 3 މެމްބަރު އަދި ގިނަވެގެން 5 މެމްބަރުންގެ ޓީމްއަކަށެވެ. މި ހެކްތޯންގައި ބައިވެރިވުމުގެ އުމުރަކީ 18-35 ދެމެދު އެވެ. މި ހެކަތޯންއިން އެއްވަނަ އަށް ދާ ފަރާތަކަށް 100000 ރުފިޔާގެ އިނާމެއް ވެސް ހުށަހެޅިފައިވެ އެެވެ. މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެ އެވެ. 

މި ހެކަތޯން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެކްތަތޯން ގެ ވެބްސައިޓަށް ޒިޔާރާތް ކޮށްލެވުމަށް ޔޫތް މިނިސްޓްރީން އެދެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް